ބަނދަރުމަތީ މުދާ އަރުވާބާލާ ސަރަޙައްދަށް ގެނެވުނު ބަދަލު.
ސަރކިއުލަރ
21 ރަބީޢުލް އައްވަލު 1446 ނަމްބަރ: 342/CIR/2024/5
24 ސެޕްޓެމްބަރ 2024
ބަނދަރުމަތީ މުދާ އަރުވާބާލާ ސަރަޙައްދަށް ގެނެވުނު ބަދަލު.
ގަވާއިދު ނަންބަރު 2022/R-115 (ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު) 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މިރަށު ބަނދަރު ސަރަޙައްދުގެ މުދާ އަރުވާބާލާ ސަރަޙައްދަށް ތިރީގައި މިދަންނަވާގޮތަށް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން ބަދަލު ގެނެވިފައިވާ ބަނދަރުގެ ސަރަޙައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަޙައްދު ކަނޑައަޅައި ޗާޓަށް އަމަލު ކުރުމަށް ދެންނެވީމެވެ.
މީގެ ކުރިން މުދާ އަރުވާބާލާ ހެދުމަށް ބަނދަރުގެ އިރުމަތީ ޖެޓީން، ކަނޑައަޅާފައިވާ ސަރަޙައްދުން، މޫދުން ނަގާ "ވެލި" އަރުވާ ބެހެއްޓުމަށް ޚާއްޞަ ކުރެވިފައިވާ ތަނަށް ވެލިބާލާ ހެދުމުން، އެހެނިހެން މުދާ އަރުވާ ބޭލުމަށް އެތަނުގައި ޖާގައިގެ ގޮތުން ދަތިވަމުންދާތީ، ވެލި ބާލާ ހެދުމަށް މިހާރުވަނީ އުޅަނދުފަހަރު މަރާމާތު ކުރުމަށް ޚާއްސަ ކުރެވިފައިވާ ތަނަށް ވަގުތީ ގޮތުން ބަދަލުކުރެވިފައެވެ.
މިގޮތަށް ޢަމަލުކުރަން ފަށާނީ 25 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުން ފެށިގެން ކަމުގައި ވެސް ދެންނެވީމެވެ. މިގޮތުން ބަދަލު ގެނެވިފައިވާ ބަނދަރުގެ ސަރަޙައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަޙައްދު ކަނޑައަޅައިފައިވާ ޗާޓާ އެއްގޮތައް އަމަލު ކުރުމަށް ދެންނެވީމެވެ.
އެހެނިހެން އިއުލާން