ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ
ރަށުގެ އެކި ކަންކަމުގެ މައުލޫމާތު ދިނުމާ މަޝްވަރާ ހޯދުމަށް ކޮންމެ 4 މަހުން 1 ފަހަރު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2024 އޮކްޓޫބަރު 06 ވާ އާދިއްތަ ދުވަހު ރޭ 20:30 ގައި ކައުންސިލް އިދާރާގެ އާދަމް ޙުސެއިން މާލަމުގައި އޮންނާނެއެވެ.
ވީމާ މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ.
އެޖެންޑާ:
1. ރަށުގައި މިހާރު ކުރިޔަށްދާ މުހިންމު މަޝްރޫޢު ތަކާއި ކުރިޔަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން.
2. ލޭންޑް ޔޫސް ޕްލޭން ރިވައިސް ކުރުމަށް މަޝްވަރާ ކުރުން.
3. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން.
ބައްދަލުވުން އޮންނާނެ ތަނާއި ތާރީޚް އަދި ގަޑި:
ތާރީޚް: 06 އޮކްޓޫބަރު 2024
ގަޑި: 20:30 (ރޭގަނޑު)
ތަން: އާދަމް ޙުސައިން މާލަމް
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 ރަބީޢުލްއައްވަލު 1446
29 ސެޕްޓެންބަރު 2024
އެހެނިހެން އިއުލާން