ލޭންޑް ޔޫސް ޕްލޭންގައި ކަނޑައެޅިފައިވާ މަގުތަކާއި ބިންތަކުގައިވާ ރުއްތައް ނަގައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން:
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލޭންޑް ޔޫސް ޕްލޭންގައި ކަނޑައެޅިފައިވާ މަގުތަކާއި ބިންތަކުގައިވާ ރުއްތައް ނަގައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން:
ލޭންޑް ޔޫސް ޕްލޭންގައި ކަނޑައެޅިފައިވާ މަގުތަކާއި ބިންތަކުގައިވާ ރުއްތައް ނަގައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމަށް ރަޖިސްޓްރީކުރުން |
· މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 16 ފެބުރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. · ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، project@mathiveri.gov.mv މެއިލް ކުރެއްވުން އެދެމެވެ. · މި ބީލަމުގައި ބައިވެރިވެލެއްވޭނީ، އަމިއްލަ ފަރުދުންނާއި އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
· ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ، 16 ފެބުރުވަރީ 2025 ވާ އާދިއްތަ ދުވަހުގެ 14:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. · މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް އިއުލާނާއެކު އާއްމުކުރެވިފައި ވާނެއެވެ. · ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ project@mathiveri.gov.mv އީމެއިލަށެވެ. |
|
ބީލަން ހުށައެޅުން
|
· ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 20 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. · ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. |
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
11 ޝަޢުބާން 1446
10 ފެބުރުވަރީ 2025
ލިންކް: https://www.gazette.gov.mv/iulaan/327491
އެހެނިހެން އިއުލާން