ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ
ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ
ޤާނޫނު ނަންބަރ 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއިގުޅޭ ޤާނޫނުގައިވާ ގޮތުގެ މަތީން ކޮންމެ އަހަރެއްގެ ފެބުރުވަރީމަހު ރަށު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ވޭތުވެދިޔަ އަހަރުގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓު އަދި ކުރިއަށް އޮތް އަހަރު ކުރަން ރާވާފައިވާ ކަންކަމާއިގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވަން ލާޒިމްކުރާ ބައްދަލުވުން، މި ފެބުރުވަރީ މަހުގެ 20 ވާ ބުރާސްފަތި ދުވަހުރޭ 20:30 ގައި އޮންނާނެއެވެ. އެހެންކަމުން، މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ.
އެޖެންޑާ ކުރެވިފައިވާ މުހިންމު ކަންކަން:
1. 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓް ހުށަހެޅުން.
2. އެސްޓީއޯއަށް ތެޔޮ ސްޓޯރޭޖް އަދި ޝެޑެއް ހެދުމަށް ބިން ދިނުމާމެދު ގޮތެއް ނިންމުން.
3. ސަރުކާރުން ކުރިޔަށް ގެންދާ މުހިންމު މަޝްރޫޢު ތަކާއި ކުރިޔަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާ ހޯދުން.
ކައުންސިލުން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރުއަދާކުރަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
13 ޝަޢުބާން 1446ހ.
13 ފެބުރުވަރީ 2025މ.
އެހެނިހެން އިއުލާން