މަތިވެރި ކައުންސިލް ކުޅިވަރު މަހާސަމާ 2025 ގައި ހިންގަން ރާވާފައިވާ ކުޅިވަރުތަކަށް ޓީމް ރެޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން
މި މަހާސަމާ ބޭއްވުމުގެ މަޤްޞަދަކީ މިރަށުގެ އެންމެހާ ރައްޔިތުން ބައިވެރިކޮށް ކުޅިވަރުގެ ރޫޙު އާލާކުރުމާއި، އެއްބައިވަންތަ ރައްޔިތެއް އުޅޭ ރަށެއްގެ ގޮތުގައި މިރަށް ދެމެހެއްޓުމެވެ.
މި މަހާސަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 24 ން ފެށިގެން 2025 ޖުލައި 02 ގެ ނިޔަލަށެވެ. އަދި މި މަހާސަމާ އަމާޒުކުރެވިފައިވަނީ އިދާރާތަކާއި ގެސްޓްހައުސްތަކާއި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށެވެ. މި މަހާސަމާގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ:
|
# |
ކުޅިވަރުގެ ނަން |
ބައިވެރިވެވޭނެ އެންމެ ދަށް ކެޓެގެރީ |
ޖިންސް |
|
2 |
ހޭންޑްބޯޅަ މުބާރާތް |
ޢުމުރުން 13 އަހަރުން މަތީގެ ފަރާތްތަކަށް |
އަންހެން |
|
3 |
ވޮލީ މުބާރާތް (އަންހެން، ފިރިހެން) |
ޢުމުރުން 13 އަހަރުން މަތީގެ ފަރާތްތަކަށް |
އަންހެން އަދި ފިރިހެން |
މަތީގައި ދެންނެވިފައިވާ މުބާރާތްތަކުގެ ތެރެއިން ހޭންޑްބޯޅަ އަދި ވޮލީ މުބާރާތުގައި ޓީމް ރެޖިސްޓްރީކުރެވޭނީ މިރަށުގެ ޤާއިމުކުރެވިފައިވާ އިދާރާއެއް ނުވަތަ މިރަށުގައި ހިންގާ ގެސްޓްހައުސް އެއްގެ ނަމުގައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ މިރަށު ރަށްވެހިންނާއި، މިރަށު މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނަށެވެ. އަދި އެއިދާރާއެއް ނުވަތަ އެގެސްޓްހައުސްއެއްގައި ވަޒީފާ އަދާކުރާތާ މަދުވެގެން 3 މަސްދުވަސްވެފައިވާ އެ އިދާރާއެއް ނުވަތަ ގެސްޓްހައުސްއެއްގެ މުވައްޒަފަކަށް މި މުބާރާތުގައި ބައިވެރިވެވިދާނެއެވެ.
ވީމާ، މި މަހާސަމާގެ ކުޅިވަރުތަކުގައި ޓީމް ރެޖިސްޓްރީކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ހުޅުވާލާފީމެވެ. އަދި ޓީމް ލިސްޓްހުށަހެޅުމުގެ ފުރުޞަތު 2025 ޖޫން 22 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ހަމައަށް ހުޅުވާލައިފީމެވެ. ތިރީގައި މިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ޓީމް ރެޖިސްޓްރ ކުރެވޭނެއެވެ. މި މަހާސަމާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ވޮލީ އަދި ހޭންޑްބޯލް ގެ ޤަވާއިދު 02 ދުވަސްތެރޭގައި އާއްމު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
20 ޛުލްޙިއްޖާ 1446
16 ޖޫން 2025
އެހެނިހެން އިއުލާން