މަތިވެރި ކައުންސިލް ކުޅިވަރު މަހާސަމާ 2025 ގައި ހިންގަން ރާވާފައިވާ ކުޅިވަރުތަކަށް ޓީމް ރެޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން:
މި މަހާސަމާ ބޭއްވުމުގެ މަޤްޞަދަކީ މިރަށުގެ އެންމެހާ ރައްޔިތުން ބައިވެރިކޮށް ކުޅިވަރުގެ ރޫޙު އާލާކުރުމާއި، އެއްބައިވަންތަ ރައްޔިތެއް އުޅޭ ރަށެއްގެ ގޮތުގައި މިރަށް ދެމެހެއްޓުމެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުއެވެ. އަދި މި މުބާރާތް އަމާޒުކުރެވިފައިވަނީ އިދާރާތަކާއި ގެސްޓްހައުސްތަކާއި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށެވެ. މި މަހާސަމާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ:
|
# |
ކުޅިވަރުގެ ނަން |
ބައިވެރިވެވޭނެ އެންމެ ދަށް ކެޓެގެރީ |
ޖިންސް |
|
1 |
ފުޓްސެލް މުބާރާތް |
ޢުމުރުން 13 އަހަރުން މަތީގެ ފަރާތްތަކަށް |
ފިރިހެން |
މަތީގައި ދެންނެވިފައިވާ މުބާރާތުގެ ޓީމް ރެޖިސްޓްރީކުރެވޭނީ މިރަށުގެ ޤާއިމުކުރެވިފައިވާ އިދާރާއެއް ނުވަތަ މިރަށުގައި ހިންގާ ގެސްޓްހައުސް އެއްގެ ނަމުގައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ މިރަށު ރަށްވެހިންނާއި، މިރަށު މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނަށެވެ. އަދި އެއިދާރާއެއް ނުވަތަ އެގެސްޓްހައުސްއެއްގައި ވަޒީފާ އަދާކުރާތާ މަދުވެގެން 6 މަސްދުވަސްވެފައިވާ އެ އިދާރާއެއް ނުވަތަ ގެސްޓްހައުސްއެއްގެ މުވައްޒަފަކަށް މި މުބާރާތުގައި ބައިވެރިވެވިދާނެއެވެ.
ވީމާ، މި މަހާސަމާގެ ކުޅިވަރުތަކުގައި ޓީމް ރެޖިސްޓްރީކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން 2025 ޖުލައި 05 ވާ ހޮނިހިރު ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލާފީމެވެ. އަދި ޓީމް ލިސްޓްހުށަހެޅުމުގެ ފުރުޞަތު 2025 ޖުލައި 08 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށް ހުޅުވާލައިފީމެވެ. ތިރީގައި މިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ޓީމް ރެޖިސްޓްރ ކުރެވޭނެއެވެ. މި މަހާސަމާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފުޓްސެލް މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
05 މުޙައްރަމް 1447
30 ޖޫން 2025
އެހެނިހެން އިއުލާން