ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން ޑިރެކްޓަރ އަދި މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރުން.
އިޢުލާން
ނަންބަރު: (IUL)342/2023/92
ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން ޑިރެކްޓަރ އަދި މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރުން.
ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމާއި ބެހޭ (ޤަވާއިދު ނަންބަރު R-49/2021) ގެ ދަށުން އެކުލަވާލާ " އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް، އާއްމުންގެ ފަރާތުން ޑިރެކްޓަރގެ މަޤާމަށާއި އަދި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމަށް މަސައްކަތް ކުރުން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވިފައެވެ.
· ބޯޑް އޮފް ޑިރެކްޓަރގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ބޭފުޅުންގެ ޝަރުތުތަކަކީ:
1. އއ.މަތިވެރީ ރައްޔިތެއްކަމުގައިވުން
2. މަތީ ސާނަވީ ފުރިހަމަކޮށްފައިވުން
· މެނޭޖިން ޑިރެކްޓަރގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ބޭފުޅުންގެ ޝަރުތުތަކަކީ:
1. މަތީ ސާނަވީ ފުރިހަމަކޮށްފައިވުން
· ހުށަހަޅަންޖެހޭ ލިޔުންތައް:
1. ބޯޑު އޮފް ޑިރެކްޓަރ ކަމަށް ނުވަތަ މެނޭޖިން ޑިރެކްޓަރ ކަމަށް އެދި ހުށަހަޅާ ސިޓީ.
2. ވަނަވަރު ( ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ތަޢުލީމާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ
4. ތަޖުރިބާ ލިޔުންތައްކުގެ ކޮޕީ
ވީމާ، އއ.މަތިވެރީ ކައުންސިލް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރ އަދި މެނޭޖިންގ ޑިރެކްޓަރގެ ގޮތުގައި މަސައްކަތް ކުރައްވަން ޝައުޤުވެރިވެލައްވާ ބޭފުޅުން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް hr@mathiveri.gov.mv މެދުވެރިކޮށް މިކައުންސިލްއަށް 2023 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފޮނުއްވުމަށް އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
1444 L 25
13 ޖުލައި 2023
އެހެނިހެން އިއުލާން