ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

28 ވަނަ އަރިއުތުރު ޤުރްއާން މުބާރާތުގެ "އއ. މަތިވެރި" ޓީމަށް ޤުރްއާން ޓީޗަރުން ހޯދުން

ހިއްސާ ކޮށްލުމަށް

telegram

އިޢުލާން

28 ވަނަ އަރިއުތުރު ޤުރްއާން މުބާރާތުގެ "އއ. މަތިވެރި" ޓީމަށް ޤުރްއާން ޓީޗަރުން ހޯދުން:

                     އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން 2023 އޮގަސްޓު 24 އިން 27 އަށް ބާއްވާ 28 ވަނަ އަރިއުތުރު ޤުރްއާން މުބާރާތުގައި އއ. މަތިވެރި ތަމްޞީލު ކުރާނެ ބައިވެރިން މި މުބާރާތަށް ތައްޔާރުކޮށްދޭނެ ޤުރްއާން މުދައްރިސުން ހޯދުމަށް ބޭނުންވެއްޖެއެވެ.

                     މިގޮތުން މިރަށް ތަމްޞީލު ކުރާ ޓީމު ނެގުމަށް ބާއްވާ ހޮވެލީގައި ފަނޑިޔާރުކަން ކޮށްދިނުމާއި، ހޮވެލިން ނެގޭ ބައިވެރިން މުބާރާތަށް ތައްޔާރުކުރުމަށް ބާއްވާ ފަރިތަކުރުންތަކުގައި ހޭދަކުރާ ކޮންމެ 1 ގަޑިއިރާއި 30 މިނިޓަށް 200.00 (ދުއިސައްތަ) ރުފިޔާގެ ރޭޓުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ޤުރްއާން ޓީޗަރުން މި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ އައިޑީ ކާޑުގެ ކޮޕީ އާއެކު ސިޓީއަކުން 2023 އޮގަސްޓު 9 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މި އިދާރާއަށް ނުވަތަ މި އިދާރާގެ އީމެއިލް hr@mathiveri.gov.mv އަށް މެއިލް ކުރެވުން އެދެމެވެ.

                     ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތަކުން އެންމެ މަތިން ޕޮއިންޓު ލިބޭ 3 ފަރާތް ނެގޭނީ ހޮވެލީގެ ފަނޑިޔާރުކަން ކުރުމަށެވެ. އަދި އެންމެ މަތިން ޕޮއިންޓު ލިބޭ 2 ފަރާތް ނެގޭނީ މުބާރާތަށް ބައިވެރިން ތައްޔާރު ކުރުމަށް ބާއްވާ ފަރިތަކުރުންތަކަށެވެ. ތަޢުލީމާއި ތަޖުރިބާއަށް ޕޮއިންޓު ދިނުމުގައި ބަލާނީ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 7.3 އަދި 8.1 ގައިވާ ގޮތުގެ މަތިންނެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އެހެނިހެން އިއުލާން