ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

އއ. މަތިވެރި ޕޮލިސް ސްޓޭޝަން

ހިއްސާ ކޮށްލުމަށް

telegram


2012 ވަނަ އަހަރުގެ ޖުލައިމަހުގެ 19 ވަނަ ދުވަހު މަތިވެރީގައި ފުލުހުންގެ ޚިދުމަތް ދިނުމަށް އއ.މަތިވެރީ ޕޮލިސް ސްޓޭޝަންގެ ނަމުގައި ސްޓޭޝަނެއް ހުޅުވި އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ދަށުން މި ދެސްޓޭޝަންގެ ހިދުމަތް އާންމު ރައްޔިތުންނަށް ވަނީ ދޭންފަށާފައެވެ. އަދި މަތިވެރީ ޕޮލިސް ސްޓޭޝަން ކުރިން ހިންގަމުން ދިޔަ އިމާރާތް އއ. މަތިވެރި ޓްވިންލޮޖް ދޫކޮށްލުމަށްފަހު 2014 ޖެނުއަރީ 1 ވަނަ ދުވަހު އއ.މަތިވެރީ ރަށްވެހިގަށް ޕޮލިސް ސްޓޭޝަން ބަދަލުކުރެވި މިހާރު މި ސްޓޭޝަން ހިންގަމުންދަނީ އއ.އަތޮޅު ޕޮލިސްގެ ބެލުމުގެ ދަށުންނެވެ.
އއ. މަތިވެރީގައި ދިރިއުޅޭ މީހުންނާއި އެހެނިހެން އަތޮޅުތަކުން އަދި ދުނިޔޭގެ އެތަން މިތަނުން މިރަށަށް އެކިއެކި ކަންކަމުގައި ދުރުވާ މީހުންނަށް ސަލާމަތްތެރި، ރައްކާތެރި ސަރަހައްދަކަށް ހެދުމަށްޓަކައި މުޖުތަމަޢުއާއި ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމާއި އއ. މަތިވެރިއަކީ ކުށްކުރުން މަދު ރަށަކަށް ހެދުމަކީ މަތިވެރީ ޕޮލިސް ސްޓޭޝަންގެ މައިގަނޑު ޒިންމާއެވެ.